logo minivan

English

ބުދަ, 24 ޖުލައި 2024

ކަނޑުތަކުގައި 171 ޓްރިލިއަން އަށްވުރެ ގިނަ ޕްލާސްޓިކް ހިމެނޭ: ދިރާސާ

ދުނިޔޭގެ ކަނޑުތަކުގައި 171 ޓްރިލިއަން އަށްވުރެ ގިނަ ޕްލާސްޓިކް ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކުން ވަނީ އެންޓްލާންޓިކް، ޕެސިފިކް އަދި އިންޑިއާ ކަނޑުގެ އިތުރުން މެޑިޓެރޭނިއަން ކަނޑުން 1979 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދު ނެގި ސާމްޕަލްތައް ދިރާސާކޮށްފައެވެ.

"މިއަދުގެ ދުނިޔޭގައި ގިނައަދަދަކަށް 1.1-4.9 މިލިއަން ޓަނުގެ ބަރުދަނުގައި ގާތްގަނޑަކަށް 82-358 ޓްރިލިއަން ޕްލާސްޓިކް ޕާޓިކަލް ހުންނާނެ ކަމަށް ލަފާކުރެވޭ. 1990 ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެންނަށް ސާފުކޮށް ދެނެގަނެވޭނެ ޓްރެންޑެއް ފެނިފައެއް ނުވޭ، އެހިސާބުން ފެށިގެން 2005 ވަނަ އަހަރާ ހަމަޔަށް އުދަގޫވަމުން ދިޔަ ނަމަވެސް މަޑުޖެހިފައި އޮތް ޓްރެންޑެއް، އަދި މިއަދާ ހަމައަށް ވެސް ހަލުވި ކަމާއެކު އިތުރުވަމުން އަންނަ ޓްރެންޑެއް،" ޕްލޮސް ވަން ޖާނަލްގައި ބުދަ ދުވަހު ޝާއިއުކުރި ދިރާސާގައި ބުނެފައިވެއެވެ.

ސައިންސްވެރިން ވަނީ ޕްލާސްޓިކް ކަނޑުތަކަށް އެލޭ ޕްލާސްޓިކް ރޭޓް މިހާރުން މިހާރަށް ފިޔަވަޅު ނޭޅިއްޖެނަމަ 2040 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 2.6 ގުނަ އިތުރުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

"5 ގައިރެސް" އިންސްޓިޓިއުޓްގެ ޑައިރެކްޓާ އޮފް ރިސާޗް އެންޑް އިނޮވޭޝަން އަދި ރިޕޯޓް ލިޔުއްވި ލީސާ އެރްޑްލް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ޕްލާސްޓިކްގެ ތެރެއިން ކޮންމެ އަހަރަކު ރިސައިކަލް ކުރެވެނީ އެންމެ ނުވަ އިންސައްތައެވެ.

ޕްލާސްޓިކް މޫދަށް އެޅުމުން އެ ޕްލާސްޓިކް ހަލާކު ނުވެ ކުދިކުދި ބައިތަކަކަށް ފަޅައިގެން ދާ ކަމަށް އޭނާ ބުންޏެވެ. ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ލީސާ ވިދާޅުވީ މި ޕާޓިކަލްތަކަކީ ފަސޭހައިން ސާފުކުރެވޭ ޕާޓިކަލްތަކެއް ނޫން ކަމަށާއި އެ ޕާޓިކަލްތަކާ އެކު ތާށިވެފައިވާ ކަމަށެވެ.

ސައިންސްވެރިން ބުނި ގޮތުގައި ޕްލާސްޓިކް އެންމެ ގިނައިން ފެނުނީ ނޯތު އެޓްލާންޓިކް ކަނޑުން ކަމަށެވެ. ނަމަވެސް މެޑިޓަރޭނިއަން ކަނޑު، އިންޑިއާ ކަނޑު އަދި ސައުތު އެޓްލާންޓިކް އަދި ސައުތު ޕެސިފިކް ފަދަ ސަރަހައްދުތަކަށް އަދިވެސް އިތުރު ޑޭޓާ ބޭނުންވާ ކަމަށް ސައިންވެރިން ބުންޏެވެ.

ކެލިފޯނިއާގެ މޫރު އިންސްޓިޓިއުޓް ފޯ ޕްލާސްޓިކް ޕޮލިއުޝަން ރިސާޗްގެ ރިސާޗް ސައިންޓިސްޓެއް އަދި ދިރާސާ ލިޔުންތެރިއެއް ކަމަށްވާ ވިން ކައުގާ ވިދާޅުވި ގޮތުގައި މި ދިރާސާއިން އެނގުނީ ކަނޑުގައި ވާ ޕްލާސްޓިކަކީ ކިހާ ގޮންޖެހުންބޮޑު ޕްލާސްޓިކެއްކަން ކަމަށެވެ. އަދި އެ މައްސަލައަށް ހަގީގީ ހައްލެއް ހޯދުމުގެ މުހިންމުކަން ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *