logo minivan

English

އަންގާރަ, 16 ޖުލައި 2024

ހއ. ދިއްދޫގައި ޖޫނިއާރ ކޮލެޖާއި ރ. އަލިފުށީ ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ

ހއ. ދިއްދޫގައި ޖޫނިއާރ ކޮލެޖާއި އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރ ހިންގާނެ ފަރާރެއް ހޯދަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮފި އެވެ.

އެ މިނިސްޓްރީން ބުނީ އެ ދެޕްރޮޖެކްޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ. އަދި ކޮށްސްޓްރަކްޝަން ގެ މަސައްކަތް ނިމުމުން ބިލްޑިންގް ހަވާލުކުރާއިރު މިތަންތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އިކުއިޕްމެންޓްތަކާއި ފިޓިގްސް ހޯދާ އިންސްޓޯލް ކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖްގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ އޮޕަރޭޓް ކުރުމަށް ހަވާލު ކުރެވޭ ފަރާތުން ކަމަށެވެ.

މި މަސައްކަތަށް ސައުގުވެރިކަން ހުރިފަރާތްތަކުން ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް 27 މާރިޗް ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުމަށް އެމިނިސްޓްރީރިން އެދެއެވެ. ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމް އެމިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

މިމަސައްކަތަކީ މި ސަރުކާރުން ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކެކެވެ. އެގޮތުން ހދ. ދިއްދޫ ޖޫނިއަރ ކޮލެޖް ހާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރު ހާއްސަ ކުރެވިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރުން ވޮކޭޝަންލް ދާއިރާ އާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައްވެސް މި އިންސްޓިޓިއުޓުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *