logo minivan

English

އަންގާރަ, 16 ޖުލައި 2024

ނ. މަނަދޫގެ މަގުތަކުގައި ތާރު އަޅަން އާރުޑީސީއަށް!

ނ. މަނަދޫގެ މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިޔާތުގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓެރީ ޒީނިޔާ އަހުމަދު ހަމީދު އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝާހިދު އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިމަސައްތަތް ހަވާލު ކޮށްފައިވަނީ 75.73 މިލިއަން ރުފިޔާ އަށް 540 ދުވަސް ތެރޭގައި މަނަދޫގެ މަގުތަކުގައި ތާރު އަޅާ ނިންމާގޮތަށެވެ. އަދި މިމަސައްކަތް ނިމޭއިރު 4.2 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، ފެންހިންދުމުގެ ނިޒާމް ގާއިމުކޮށް، އެރަށުގެ މަގުތަކުގައި މަގުބައްތި ހަރުކުރެވިގެންދާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *