logo minivan

English

ބުދަ, 24 ޖުލައި 2024

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންއަށް އެމްޓީޑީން ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ)ން ވާދަ ކުރަން ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީޑީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރުމުގެ ފުރުސަތު އެމްޓީޑީން ހުޅުވާލާފައިވާ ކަަމަށާއި، އެގޮތުން މި ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ މެންބަރުން އެކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 17:00 އާ ހަމައަށް އޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ގުރައިދޫ ދާއިރާގެ ގޮޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުންގެންދެވި ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ. މެންބަރު ރިޒާ އަވަހާރަވެފައިވަނީ މިދިޔަ މަހު 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިޔާގައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ 1 ކެނޑިޑޭޓް ކުރިމަތިލާފައވާއިރު އެއީ ކުރީގެ މިދާއިރާގެ މެމްބަރު ރިޒާގެ ކޮއްކޮއެވެ. މީގެ އިތުރުން އެމްޑީޕީން 4 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ. އަދި އެމްއެންޕީން ވެސް ކެނޑިޑޭޓަކު ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ގުރައިދޫގެ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރީލް މަހުގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *