logo minivan

English

އަންގާރަ, 23 ޖުލައި 2024

ހޯމަ ދުވަހު ފަރެސްމާތޮޑާ އެެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ!

އަންނަ ހޯމަދުވަހު ފަރެސްމާތޮޑާ އެެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ހަމަޖައްސައިފިއެވެ.

ޓެސްޓް ފްލައިޓް ޖެއްސުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ މެންދުރު ފަހު 15:45 ގައެވެ. ޓެސްޓް ފްލައިޓްގެ ގޮތުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ޑޭޝް 8 ގެ މަތިންދާ ބޯޓެކެވެ.

އެއާޕޯޓް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެފައެވެ. މިގޮތުން އެތަނަށް ބޭނުންވާ މުވައްޒަފުންވެސް މިހާރު ވަނީ ހޯދާފައެވެ. މި އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. އެއީ 19.9 ހެކްޓަރުގެ ބިމުގެ ސަރަޙައްދެކެވެ.

2020 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްޓީސީސީ އާއި ހަވާލުކޮށްގެން ފެށި ފަރެސްމާތޮޑާ އެއރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި އެއާޕޯޓްގައި އޮންނާނީ 1،200 މީޓަރުގެ ރަންވޭއެކެވެ.

ރީޖިނަލް އެއަރޕޯޓްސްއިން ހިނގާ މި އެެއާރޕޯޓް މިމަހު ރަސްމީކޮށް ހުޅުވާނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *