logo minivan

English

ބުދަ, 24 ޖުލައި 2024

ވިލިމާލޭ ބަގީގެ ޚިދުމަތް ފަށަށް ބޭނުންވާ ބަގީތައް އެރަށަށް ގެންގޮސްފި

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީ ހިދުމަތުގައި ބޭނުން ކުރާ ބަގީތައް ވިލިމާލެ އަށް ގެންގޮސްފިއެވެ.

ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޕްރައިވެޓް ހަޔަރ ފިޔަވާ ބަގީ ރޫޓުގައި ކުރާ ކޮންމެ ދަތުރެއް ފިތުރު ޢީދު ނިމެންދެން ކުރަމުންދާނީ ހިލޭ ކަމަށެވެ.

ވިލިމާލޭގައި ހިދުމަތް ދިނުމަށް ގެންގޮސްފައިވާ ބަގީތަކުގެ ތެރޭގައި، މުދާ އުފުލާ ބަގީ އާއި، ކުއްލި ހާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނެއެވެ. އަދި 4 ސީޓުގެ ބަގީ އާއި، 6 ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީތަށް ވެސް ހިމެނެއެވެ.

މި ބަގީ ތަކަކީ ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *