logo minivan

English

އަންގާރަ, 16 ޖުލައި 2024

ޗައިނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ޝީ ޖިންޕިން އިންތިހާބުކޮށްފި

ޗައިނާގެ ޕާލިމެންޓުން އެގައުމުގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ޝީ ޖިންޕިން އިންތިހާބުކޮށްފިއެވެ.

3000 މެމްބަރުންގެ މައްޗަށް އެކުލެވޭ ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގެ ހުރިހާ މެމްބަރުންހެން ވަނީ ޝީ މަގާމަށް ހޮވުމަށް ވޯޓް ދެއްވާފައެވެ.  އާ ޕާލިމެންޓުގައި 2،952 މެމްބަރުން ޝީއަށް ވޯޓު ދެއްވިއިރު ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.

އެމަނިކުފާނު، އާ ދައުރަކަށް ހޮވާފައި މިވަނީ ރައީސްކަމުގައި އެންމެ ގިނަވެގެން ހުރެވޭނީ ދެ ދައުރު ކަމަށް އޮތް ގާނޫނު ބަދަލު ކުރުމަށް ފަހުގައެވެ. އެ ބަދަލު ގެނެސްފައިވަނީ 2018 ވަނަ އަހަރުއެވެ.

އާ ނައިބު ރައީސް ކަމަށް ހަން ޒެންގް ހޮވާފައިވާއިރު މަޖިލީހުގެ އާ ޗެއާއަކަށް ހޮވިފައި ވަނީ ޒާއޯ ލެޖީއެވެ.

ތިންވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަތުމާއެކު ޗައިނާގެ ސިފައިންގެ ވެރިޔާގެ މަގާމަށްވެސް ޝީ ވަނީ އިންތިހާބުވެވަޑައިގެންފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *