logo minivan

English

އަންގާރަ, 16 ޖުލައި 2024

ނުބައިކޮށް 3 ފަހަރު ޕިން ނުވަތަ ޕާސްވޯޑް ޖެހުމުން ބީއެމްއެލް އެޕް ގެ ހިދުމަތް ކެނޑޭގޮތަށް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕްލިކޭޝަނަށް ލޮގިން ވާން ތިން ފަހަރު މަސައްކަތްކޮށް ފެއިލް ވެއްޖެ ނަމަ އެ ދެޚިދުމަތް މެދުކެނޑޭ ގޮތަށް ހަދައިފި އެވެ.

ބއެމްއެލް އިން އާއްމުކުރި މައުލޫމާތެއްގައިވާ ގޮތުން، އިންޓަނެޓް ބޭންކިންއާއި މޯބައިލް އެޕްލިކޭޝަނަށް ލޮގިން ވާން މަަސައްކަތްކޮށް ނާކާމިޔާބުވާ ( ނުބައިކޮށް ޕިން ނުވަތަ ޕާސްވޯޑް ޖަހާ ކޮންމެ ފަހަރަކު) އެ ކަސްޓަމަރަކަށް އެކަމުގެ ނޮޓިފިކޭޝަނެއް ލިބޭނެ އެވެ. އަދި އެގޮތަށް ޖެހިޖެހިގެން ތިން ފަހަރު މަސައްކަތްކޮށް ނާކާމިޔާބުވެއްޖެ ނަމަ އެޕްލިކޭޝަން  ނުވަތަ އިންޓަނެޓް ބޭންކިންގެ ހިދުމަތް ކެނޑޭނެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެގޮތަށް ހިދުމަތް މެދު ކެނޑޭ އިރު އެ ކަސްޓަމަރަކަށް އެކަމާ ގުޅޭ މެއިލް އެއް ވެސް ލިބޭނެ އެވެ. އެ ބޭންކުން އެދެެނީ ނުބައިކޮށް ޕާސްވޯޑް ޖަހައިގެން އިންޓަނެޓް ބޭންކިން އަށް ނުވަތަ އެޕްލިކޭޝަނަށް ލޮގިން ވާން މަސައްކަތް ކުރި ކަމުގެ ނޮޓިފިކޭޝަނެއް ލިބޭ ހިސާބުން ކަސްޓަމަރުން ޕާސްވޯޑް ބަދަލުކުރާށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *