logo minivan

English

ބުދަ, 24 ޖުލައި 2024

އާ އައިޑީކާޑު ޑިޒައިން ކުރުމަށް އެންކްރިއާ އާއެކު އެއްބަސްވުން ހަދައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އާ ޑިޒައިނަކަށް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހުޅުވާލި ފުރުސަތުގައި އެއްވަނަ އަށް ހޮވުނު ހުށައެޅުން ހުށައެޅި ކުންފުންޏާއެކު އެއްބަސްވުން ހަދައިފި އެވެ.

އައިޑީކާޑަށް އެންމެ ފުރިހަމަ ޑިޒައިނެއް ހުށައަޅާ ފަރާތަކަށް ދެލައްކަ ރުފިޔާގެ އިނާމެއް ހުށައަޅާފައިވެއެވެ.

އައިޑީކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވަނަ އަށް ހޮވުނީ "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އިން ހުށައެޅި ހުށައެޅުން ކަމަށް ޑީއެންއާރް އިން ބުނެއެވެ. އަދި އެ ކުންފުންޏާއެކު ޑީއެންއާރް އިން މިހާރު ވަނީ އެއްބަސްވުން ހަދާފައެވެ.

2019 ވަނަ އަހަރު އުފައްދާފައިވާ އެންކުރިއާ ކުންފުންޏަކީ މަޝްހޫރު ގްރެފިކްސް ޑިޒައިނަރު ޝަފީއު (އަބޯ) އާއި ހުސައިން ޝާޒިފް އާދަމް ހިއްސާދާރުންގެ ގޮތުގައި މަސައްކަތް ކުރާ ކުންފުންޏެކެވެ.

އާ އައިޑީކާޑު ޑިޒައިން ކުރުމަށް ނިންމާފައިވަނީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަން 2021 ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި ނިންމެވުމާއި ގުޅިގެންނެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ އައިޑީކާޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984 ގައި ތައާރަފް ކުރި ކާޑެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *