logo minivan

English

ބުދަ, 24 ޖުލައި 2024

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ: ޓިކެޓް ޝާޒްއަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އިބްރާހިމް ޝާޒް ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި ޕްރައިމަރީގެ ނަތީޖާއިން ދައްކާ ގޮތުން ޝާޒް، ޕްރައިމަރީ ކާމިޔާބު ކުރެއްވީ 311 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 53 ޕަސެންޓް ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވީ ކ. މާފުށި، މާފަރިވާގެ، ސަލްމާން ރަޝީދެވެ. ސަލްމާންއަށް ލިބިވަޑައިގެންނެވީ 190 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 32.6 ޕަސެންޓް ވޯޓެވެ. ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓުން ވާދަ ކުރެއްވިއެވެ.

ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓު:

1- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި، 66 ވޯޓު
2- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި، 190 ވޯޓު
3- އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ، 311 ވޯޓު
4- އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ، 15 ވޯޓް

ގުރައިދޫ ދާއިރާގައި ހިމެނެނީ ތިން ރަށެވެ. އެއީ ކ. ގުރައިދޫ، ކ. ގުޅި، އަދި ކ. މާފުށްޓެވެ. ޓިކެޓް ކާމިޔާބުކުރެއްވި ޝާޒް ނިސްބަތް ވަނީ ގުރައިދޫއަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *