logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ތިލަފުށްޓަށް އުކާލާފައިވާ ކުނިތަކެއް

މީހުންނަށް ގެއްލުންވާ ގޮތަށް ރީސައިކަލް ކުރުުމުގެ މަސައްކަތްކުރާ މައްސަލަ ބޮޑުވެއްޖެ

އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުން ފަދަ މަސައްކަތްތައް މާލޭގައި، މީހުންނަށް އުނދަގުލާއި ގެއްލުންތައް ލިބޭ ގޮތަށް ކުރާކަމުގެ ޝަކުވާ އިތުރުވެ، އެކަން ހަމައަކަށް އަޅުވަން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ ފަދަ މަސައްކަތްތައް ކުރުމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ތަފާތު އެކި އުދަނގޫ ވަމުންދާކަމާއި، ސިއްހީގޮތުން އެ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅުފައިވާކަމުގެ ޝަކުވާތައް އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ. އެފަދަ މަސައްކަތްތަކަކީ ކުނި މެނޭޖްކުރުމުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ތަންފީޒީ އިދާރާއިން ހުއްދަ ހޯދައިގެން ކުރަން ޖެހޭ މަަސައްކަތްތަކެއް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

"…އެގޮތަށް ހުއްދަ ނެތި އެފަދަ މަސައްކަތްތަކެއް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަންވެސް މި އެޖެންސީއިން ފާހަގަކުރަމެވެ. މީގެ އިތުރުން، އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި، އެ ސަރަޙައްދުގައި ހިނގާބިގާވެ އުޅޭ މީހުންގެ ސިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. އެފަދަ މަސައްކަތްތަކީ ކުނީގެ މިންވަރު މަދުކުރުމަށް ކުރެވޭ ކަމަކަށް ވީނަމަވެސް އެމަސައްކަތްތައް ކުރަންވާނީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަށް ފަހުގައެވެ،" އީޕީއޭގެ އިއުލާނުގައި ބުންޏެވެ.

އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން އެކަމަށް ހުއްދަ ނަގަން، އީޕީއޭއިން ވަނީ 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެ މަސައްކަތްތައް ކުރުމުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް މިހާރުން ފެށިގެން އަޅަން ވެސް އެ އިއުލާނުގައި ގޮވައިލި އެވެ.

"…އިންސާނުންގެ ސިއްޙަތާއި، އިންސާނާ ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވޭނީ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ވުމާއެކު އެފަދަ މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މި އެޖެންސީއަށް ދެއްވުމަށް އެދި ދަންނަވަމެވެ،" އީޕީއޭގެ އިއުލާނުގައި ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *