logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ފިކުރެއްގެ ދިރުމުގެ ފަރާތުން ރައީސް ނަޝީދާއެކު މާހެފުމެއް ބާއްވަނީ

ފިކުރެއްގެ ދިރުމުގެ ފަރާތުން ރައީސް ނަޝީދާއެކު މާހެފުމެއް ބާއްވަން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ގޮފިން "ފިކުރެއްގެ ދިރުން" އިން ބުނެފައިވަނީ މިމަހުގެ 13 ވާ ހޯމަ ދުވަހު ރައީސް ނަޝީދު އާއެކު މާހެފުމެއް އޮންނާނެ ކަމަށެވެ.

މި މާހެފުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 20:15 ގައި ދޮންމަނިކެ ސްކައި ވިއު ރެސްޓޯރެންޓް ގައެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ކުރައްވާ ބޭފުޅުން ގޮތްޕެއް އުފެއްދެނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވެވަަޑައިގެންނެވި ހިސާބުންނެވެ. މި ގޮފިން އަންނަނީ އެކިއެކި ހަރަކާތްތައް ބާއްވަމުންނެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރަން އެ ގޮފިން ވަނީ ނިންމައިފަ އެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ކެންޑިޑޭޓެއް، އެ ގޮފިން ނިންމާނީ އަދި ފަހުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *