logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
މޯލްޑިވިއަންގެ ފްލައިޓެއް... ފައިލް ފޮޓޯ

މޯލްޑިވިއަންގެ ފްލައިޓެއް އެމެޖެންސީގައި ވީއައިއޭއަށް ޖައްސައިފި

ލ. ކައްދޫއަށް ދާން ފުރި މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެމެޖެންސީގައި މިއަދު ހެނދުނު ޖައްސައިފިއެވެ.

މޯލްޑިވިއަން އަން ބުނެފައިވަނީ މިއަދު ހެނދުނު ލ. ކައްދޫ އަށް ފުރި މަތިންދާ ބޯޓް ޓެކްނިކަލް މައްސަލައެއް ޕައިލެޓްއަށް ފާހަގަ ކުރެވި، އެމެޖެންސީ ކޮށް ވީއައިއޭއަށް ޖައްސާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މޯލްޑިވިއަންގެ ޓެކްނީޝަނުން ބެލިބެލުމުން އެ ބޯޓަށް ދިމާވެފައިވަނީ މާބޮޑު މައްސަލައެއްނޫން ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ލ. ކައްދޫ އަށް ދަތުރުކުރި ފަސެންޖަރު މިހާރު ވަނީ އެހެން ބޯޓެއްގައި 11:45 ކަންހާއިރު ފުރުވާލާފައެވެ.

މިނިވަން އައް އެނގިފައިވާ ގޮތުން ޓެކްނިކަލް މައްސަލަ ދިމާވީ ޑޭޝް މަރުކާގެ މަތިންދާ ބޯޓަކަށެވެ. މޯލްޑިވިއަން އިން ދުއްވާ ޑޭޝް މަރުކާގެ މަތިންދާ ބޯޓް ތަކަކީ ގިނަދުވަސް ވެފައިވާ ބޯޑު ތަކެކެވެ. އެހެން ކަމުން އެބޯޑުތައް ބަދަލް ކުރުމުގެ މަސައްކަތް އަންނަނީ މޯލްޑިވިއަން އިން ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *