logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އީރާނުގެ ސްކޫލެއްގެ އަންހެން ދަރިވަރުންތަކެއް ފޮޓޯ: އީޕީއޭ

އީރާން އަންހެން ދަރިވަރުން ވިހަވާ މައްސަލަ: 100 މީހަކު ހައްޔަރުކޮށްފި

އީރާނުގެ ސްކޫލް އަންހެން ކުދިންނަށް ވިހަދިން މައްސަލައިގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީރާނުގެ ދާހިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ތެހެރާން، ކޫމް، ޒަންޖަން، ހުޒެސްތާން، ހަމީދާން، ފާސް އަދި ގިލާން ސިޓީން 100 އަށް ވުރެ ގިނަ މީހުން ދެނެގަނެ ތަހުގީގަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފާއިތުވި މަސްތަކުގައި އީރާނުގެ ބައެއް ސިޓީތަކުގެ ހޮސްޕިޓަލްތަކުގައި 1،200 ސްކޫލް އަންހެން ކުދިން އެޑްމިޓްކޮށްފައި ވަނީ ވިހަވުމުގެ ސަބަބުން ސީރިއަސް އަލާމާތްތަކެއް ފެނުމުންނެވެ. ބައެއް ރިޕޯޓްތަކުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ދަރިވަރުންގެ އަދަދު މިއަށްވުރެ ވެސް މައްޗަށް ވަނީ ގޮސްފައެވެ.

މިނިސްޓްރީން ބުނީ  ހައްޔަރުކުރި މީހުންގެ ތެރޭގައި ދެކޮޅުވެރި ކަންތައްތަކެއް ހާސިލްކުރަން ބޭނުންވާ މީހުންނާއި ދަރިވަރުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަސައްކަތްކުރާ ބަޔަކު ހިމެނޭ ކަމަށެވެ. އަލްބޭނިއާގައި ހަރަކާތްތެރިވާ އީރާނުގެ އިދިކޮޅު ޖަމާއަތެއް ކަމަށްވާ މުޖާހިދީން އީ ހަލްކް އޯގަނައިޒޭޝަން (އެމްއީކޭ) އާ ގުޅުން އޮތް ބަޔަކުވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ހަފުތާއިން ފެށިގެން ވިހަވުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި ތައުލީމީ ހަރަކާތްތައް އާންމު ހާލަތަށް އައިސްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ