logo minivan

English

ބުދަ, 24 ޖުލައި 2024

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އާ އިމާރާތަށް ބަދަލުވުން ކުލަގަދަކޮށް ފާހަގަކޮށްފި

އުމަރު ޒާހިރުގެ ނަން ފުޅަށް ނިސްބަތްކޮށް ހުޅުމާލޭގައި ހުޅުވާފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ބަދަލުވުން ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނީ އެ ރަސްމިއްޔާތު ފާހަގަކޮށްފައިވަނީ ދެކުމާދިއުމުގެ ސަޤާފަތާއި އެއްގޮތަށް ކަމަށެވެ.

ދެކުމާދިއުމަކީ މުޖުތަމައެއްގައި ކުރެވޭ ބޮޑެތި ކަންތައްތައް ފެށުމާއި ނިމުން ފާހަގަ ކުރުމުގެ ގޮތުން ކުރީ ޒަމާނުގައި މުޅި ރާއްޖޭގައި ވެސް ގެންގުޅުނު ހަދިޔާދިނުމުގެ ރީތި އާދައެކެވެ. އެގޮތުން ދެކުމާ ގެންދާ ތަކެތީގެ ތެރޭގައި އެދުވަސްވަރެއްގައި އާއްމުކޮށް ގެންގުޅޭ ހިފާގެންގުޅޭ ތަކެއްޗާއި ކާބޯތަކެތީގެ ބާވަތްތަކާއި އެކިވައްތަރުގެ "ފަރިވަޅު" ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު އަޅުގަޑުމެން މިފާހަގަކުރަނީ އަޅުގަޑުމެންގެ ތިން އޮފީހަށް "ދާއިމީ ބޯހިޔާވެހި ކަން ލިބުމުގެ އުފާކަމަށެވެ". އަދި އެކުވެރިކަމާ އުފާވެރިކަމާއެކު އެންމެން ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.

"މިއަދު މަސައްކަތްކުރަންވީ އަޅުގަޑުމެންނަށް ދެވޭ ޚިދުމަތްތަށް އިއްޔެއަށްވުރެ ރަގަޅަށް މިއަދު ދެވޭތޯއާއި މިއަދަށްވުރެ ރަގަޅަށް މާދަމާ ހިދުމަތް ފޯރުކޮށް ދެވޭތޯއެވެ" ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

އުމަރު ޒާހިރު ބިލްޑިންގ ގެ ފަސް ވަނަ ފަންގިފިލާއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް ނެޝެނަލް ސްކިލްސް ޑިވެލޮޕްމަންޓުގެ މަސައްކަތް މިހާރު ހިންގަމުން އަންނަ ތަން ކަމަށާއި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ބިލްޑިންގ ގެ ތިރީގައި ބެހެއްޓިފައިވާ ކައުންޓަރުން ހިދުމަތް ލިބޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *