logo minivan

English

ހޮނިހިރު, 13 ޖުލައި 2024
އަބްދުﷲ ޝާހިދު

ކޮމަންވެލްތުގެ ބައްދަލްވުމަކަށް ފޮރިން މިނިސްޓަރ އިނގިރޭސިވިލާތަށް

ކޮމަންވެލްތުގެ ބައްދަލްވުމަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު އިނގިރޭސިވިލާތަށް ވަޑާގެންނެވީ ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.

ދަތުރުފުޅާ ބެހޭގޮތުން ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މިދަތުރުފުޅުގައި ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި ކުރިއަށް ގެންދުއުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަަމަށެވެ. އަދި މީގެއިތުރުން މިދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ވަޒީރުންނާއި ބައްދަލް ކުރައްވާ ދެގައުމުގެ ދެމެދުގައި އޮތް ކުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށް މަޝަވަރާތައް ބާއްވާނެ ކަމަށެވެ.

މިނިސްޓަރ ޝާހިދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ކުރިން ރައީސް އިބަރާހިމް މުހައްމަދު ސޯލިހު އާއެކު ގަތަރުގައި ބޭއްވި އ.ދ ގެ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ފަސްވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެއަށްފަހު ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގ ގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާގައި ބައިވެރިވެ ވަޑައިގަންނަވާ ފައެވެ. މިފެއާ އަކީ ފަތުރުވެރިކަމުގެ ދާއިރާއިން ބޭއްވޭ އެންމެ ބޮޑު އެއް ފެއާއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *