logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

އިންތިހާބުތަކުގައި ވޯޓުލާން، ޑިޖިޓަލް އައިޑީކާޑް ބޭނުމެއް ނުކުރެވޭނެ: އީސީ

ރިޔާސީ އިންތިހާބުގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނެ ކަމަށް އިލެއްކްޝަން ކޮމިޝަނުން ބުނެފި އެވެ.

އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރަން ފެށި ނަމަވެސް، އިންތިހާބާ ބެހޭ އާއްމު ގާނޫނު އޮތް ގޮތުން، އިންތިހާބުތަކުގައި ޑީޖިޓަލް އައިޑީކާޑު ބޭނުމެއް ނުކުރޭނެ ކަމަށެވެ. އެއީ ގާނޫނު ބުނާގޮތުން ވޯޓުލާ މަރުކަޒުގެ ތެރެއަށް ފޯނު ވެއްދުމަކީ މަނާކަމަކަށް ވާތީއެވެ. އިލެކްޝަނުން ބުނެފައިވަނީ މިވަގުތު ޑިޖިޓަލް އައިޑީ ކާޑު މަނާ ވިކަމުގައި ވިޔަސް، ގާނޫނު ހަދާ މަޖިލީހުން އެކަމަށް ކަނޑައެޅިގައިވާ ގަވާއިދަށް ބަދަލު ގެނެސްފިނަމަ، އިލެކްޝަން ކޮމިޝަނުން ޑިޖިޓލް އައިޑީ ކާޑު ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

ގާނޫން ގައި ބަޔާންކޮށްފައިވާ ގޮތުން ވޯޓު ލުމަށް ބޭނުން ކުރެވޭނީ ހަތަރު ވައްތަރެއްގެ ޑޮކިއުމެންޓެކެވެ. އެއީ އައިޑީ ކާޑު، ލައިސަންސް ކާޑު، ޕާސްޕޯޓް އަދި ޕާސްޕޯޓް ކާޑެވެ. މީގެ ތެރެއިން މުއްދަތް ހަމަނުވާ ކޮންމެ ބާވަތެއްގެ ޑޮކިއުމަންޓެއް ވެސް ބޭނުން ކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

މިއަހަރު ރިޔާސީ އިންތިހާބުގެ ވޯޓު ލުން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 09 ވަނަދުވަހު އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުންނަށް ލިބިފައި ވެއެވެ. އަދި 600 އަށް ވުރެގިނަ ވޯޓު ފޮށި މިފަހަރުގެ އިންތިހާބުގައި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *