logo minivan

English

އަންގާރަ, 16 ޖުލައި 2024

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި މަސްތުވާ ތަކެތި ކަސްޓަމްސް އިން އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި  ނުވަ ލައްކަ ރުފިޔާގެ މަސްތުވާ ތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ އެ މަސްތުވާ ތަކެތި އަތުލައިގަތީ މިމަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ބަލައި ފާސްކުރެވުނު ޕެކޭޖަކީ އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

ކަސްޓަމުން ބުނީ ފުރަތަމަ މަރުހަލާގައި އެތަކެތި ކަސްޓަމުން ޓެސްޓު ކުރުމުން އެ ތަކެތިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (mephedrone) ޕޮޒިޓިވް ވެފައިކަމާށާއި ، 520 ގްރާމް ބަރުދަނުގައި ހުރިއިރު، އެތަކެތީގެ މަގުމަތީގެ އަގު 900،000 (ނުވަ ލައްކަ) ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މިހާރުވަނީ އެޕެކޭޖް ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *