logo minivan

English

އަންގާރަ, 16 ޖުލައި 2024

މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފި

އެކި މައްސަަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލައިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމަށް އަމަލުކުރާ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ. އެގޮތުން، އިއްޔެ ނައްތައިލާފައިވަނީ 197 ފުޅި ބަނގުރާ އަދި 91 ދަޅު ބިޔަރެވެ.

ފުލުހުން ބުނި ގޮތުގައި އެ ތަކެއްޗަކީ މިދިޔަ އަހަރު ޑިސެމްބަރ މަހުން ފެށިގެން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *