logo minivan

English

އަންގާރަ, 23 ޖުލައި 2024

ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:12 އެހާކަންހާއިރު އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި ފަތުރުވެރިއެއްގެ ހާލު ސީރިއަސްވެގެން އއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓޫ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބައްވާ އުމުރުން 46 އަހަރުގެ ފަތުރުވެރިއެއް ކަމަށެވެ. އަދި މިކަމާ ކުޅިގެން ބަލަން ޖެހޭ އެންމެހާ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *