logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ފަރެސްމާތޮޑާ އެއާރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި

ގދ. ފަރެސްމާތޮޑާ އެއާރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482 އެވެ.

މޯލްޑިވިއަންއިން އެތެރޭގެ އުދުހުން ތަކަށް ބޭނުން ކުރާ އެންމެ ބޮޑު އެއް ފްލައިޓް ފަރެސްމާތޮޑާ އެއާޕޯޓަށް ޖެއްސި އިރު އެ ފްލައިޓުން ވަނީ ދައުލަތުގެ މިނިސްޓަރުންނާއި ކުންފުނި ތަކުގެ ވެރިން ވަނީ ވަޑައިގެންފަ އެވެ.

ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓްކޮށްފައެވެ. މިއީ މި އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެކެވެ. މި އެއަރޕޯޓް ތަރައްގީކޮށްފައިވަނީ މޯލްޑިވްސް ޓްރާނސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއިި ހަވާލުކޮށްގެންނެވެ. ރީޖިނަލް އެއާރޕޯޓްސްއިން ހިންގާ މި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ،

2020 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްޓީސީސީ އާއި ހަވާލުކޮށްގެން ފެށި ފަރެސްމާތޮޑާ އެއރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި އެއާޕޯޓްގައި އޮންނާނީ 1،200 މީޓަރުގެ ރަންވޭއެކެވެ.

ދިވެހި ރާއްޖޭގައި މިހާރު 16 އެއާޕޯޓެއް ހިނގަމުން އެބަދެއެވެ. ހަދަމުންދާ ތިން އެއާރޕޯޓު މިހާރުވެސް އޮތް އިރު، ފަރެސްމާތޮޑާ އެއަރޕޯޓަކީ ހުވަދު އަތޮޅުގައި ހުޅުވޭ ހަތަރުވަނަ އެއަރޕޯޓެވެ. 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *