logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ރާއްޖެއާ ބެހޭގޮތުން ދެއްކިފައިވާ ވާހަކަތަކަށް މާފަށް އެދެން: ލަންކާގެ ޓޫރިޒަމް މިނިސްޓަރު

ރާއްޖެއަކީ ފޫހި ތަކެނެއް ކަމަށް ވިދާޅުވީ ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ އޭނާއަށް ދެއްކުނު ވާހަކަތަކަށް މާފަށް އެދިއްޖެއެވެ.

ޖަރުމަނުގައި ނިމިދިޔަ ބާލިން ފެއަރގައި ސްރީލ؛ަންކާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފެނާންޑޯ ވިދާޅުވެފައިވަނީ، ރާއްޖޭގައި ހަމައެކަނި އޮންނަނީ މޫދު ކަމަށާއި އެހެންކަމުން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހަކު 5 ވަރަކަށް ދުވަހަށްފަހު ފޫހިވާނެ ކަމުގައެވެ. އަދި މިއާ ހިލާފަށް ސްރީ ލަންކާއަކީ ފަތުރުވެރިންނަށް މާގިނަ ތަޖުރިބާ ކުރެވޭނެ ގައުމެއްކަމަށް ވިދާޅުވިއެވެ.  އޭނާގެ މި ވާހަކަތަކަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ފާޑުކިޔުން އަމާޒުވާން ފެށުމުން މިއަދު ވަނީ އޭނާއަށް ދެކެވުނު ވާހަކަތަކަށް މާފަށް އެދިފައެވެ.

މިގޮތުން ގިނަ ބައެެއްގެ ފާޑުކިއުން އަމާޒުވާން ފެށުމުން އޭނާ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ދެއްކި ވާހަކައިގެ މާނަ އޮޅުވާލާފައި ވާކަމުގައެވެ. ފެނާންޑޯ ވިދާޅުވީ، އަވައްޓެރި ދިވެހިރާއްޖެއާއެކު ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

ފެނާންޑޯ މާފަށް އެދިފައި މިވަނީ އޭނާގެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވަނީ އެވާހަކަތަކަށް ރައްދު ދެއްވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *