logo minivan

English

އަންގާރަ, 23 ޖުލައި 2024

ކްރިމިނަލް ކޯޓް ހިންގުން ގާޒީ އާދަމް މުހައްމަދާ ހަވާލުކޮށްފި

ކްރިމިނަލް ކޯޓްގެ އިސް ގާޒީކަމުގައި ކުރިން ހުންނެވި އަހުމަދު ޝަކީލު ހައިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކޮށް، އެ މަގާމުގެ ހުވާ ކުރެއްވުމުން، ކްރިމިނަލް ކޯޓު ހިންގުން ވަގުތީގޮތުން، ގާޒީ އާދަމް މުހައްމަދާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ބުނީ ކްރިމިނަލް ކޯޓްގެ ހިންގުން ވަގުތީ ގޮތުން ގާޒީ އާދަމް މުހައްމަދާ ހަވާލުކުރަން އެ ކޮމިޝަނުން ނިންމީ މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި، އެ ކޮމިޝަނުގެ 19 ވަނަ ބައްދަލުވުމުގައި ކަމަށެވެ. ކްރިނިމަނަލް ކޯޓުގެ ހިންގުން އޭނާއާ ހަވާލުކުރީ ޖޭއެސްސީން ބުނި ގޮތުގައި މާޗް 13 އިން ފެށިގެން (އިއްޔެއިން) ފެށިގެންނެވެ.

ކްރިިމިނަލް ކޯޓަށް އަލަށް އައްޔަން ކުރި ގާޒީ އިބްރާހީމް އިހުސާން ކުރިން ހުންނެވި ގއ. ޖުޑީޝަލް ދާއިރާގެ ހިންގުން ވެސް އިއްޔެ ވަގުތީ ގޮތުން އެހެން ގާޒީއަކާ ހަވާލުކުރި އެވެ. ޖޭއެސްސީން ބުނި ގޮތުގައި ގއ. ޖުޑީޝަލް ދާއިރާ ހިންގުން ވަގުތީ ގޮތުން އިއްޔެ ހަވާލުކުރީ ގއ. ވިލިނގިލީ މެޖިސްޓްރޭޓްކޯޓްގެ ގާޒީ އަޒީމް ހަސަނާ އެވެ. އެ ދާއިރާ ހިންގުން ގާޒީ އަޒީމާ ހަވާލުކުރަން ޖޭއެސްސީން ނިންމީ ފެބްރުއަރީ މަހުގެ 26 ވަަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 17 ވަނަ ބައްދަލުވުމުގަ އެވެ.

ކޯޓްތަކަށް އަލަށް އައްޔަންކުރި ގާޒީން ހުވާ ކުރެއްވީ އިއްޔެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *