logo minivan

English

އަންގާރަ, 16 ޖުލައި 2024

ޕޮލިސް ކާރެއްގައި ސައިކަލެއް ޖެހި، ބޮޑު އެކްސިޑެންޓެއް ހިނގައިފި

ފުލުހުންގެ ކާރެއްގައި ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގއިފިއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު ސިނަމާގެ ބްރިޖްމަތީ އެއާޕޯޓާ ވީކޮޅުގައިވާ ޓްރެފިކް ލައިޓްގެ ކައިރީގަ އެވެ.

ފުލުހުން ބުނީ ބްރިޖު އެއާޕޯޓް ލައިޓް ކައިރިން ކާރަކާއި ސައިކަލެއް އެކްސިޑެންޓް އެއް ހިނގާފައިވާކަމަށް މިއަދު ހެނދުނު 07:49 ގައި ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓް ގައި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ބުންޏެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އެ އެކްސިޑެންޓްގެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލް ދުއްވަންއިން މީހާ ފުލުހުންގެ ކާރުގައި ޖެހި ދިހަވަރަކަށް ފޫޓަށް ވިއްސައިގެން ދިޔަ އެވެ. އަދި އެމީހާގެ އެއްވެސް ހަރަކާތެއް ވީޑިއޯ އަކުން ނުފެނެއެވެ.

އެ އެކްސިޑެންޓްގައި ފުލުހުންގެ ކާރަށާއި ސައިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *