logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފި

މިއަހަރުގެ ރޯދަމަހާއި ހަރޯދަ ހިފާ ދުވަސްތަކުގައި (ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު) ކައިވެނިކޮށްދިނުމުގެ ގަޑިތައް ފެމިލީ ކޯޓުން ކަނޑައަޅައި އާއްމުކޮށްފި އެވެ.

ފެމިލީ ކޯޓުން ކުރި އިއުލާނެއްގައިވާ ގޮތުން ކޯޓުގައި ކައިވެނި ކުރާނަމަ ރޯދަ މަހު ކައިވެނިތައް ކޮށްދޭނެ ރަސްމީ ގަޑިއަކީ ހެނދުނު 9:30 އިން 12:30 އަށެވެ. އަދި ނުރަސްމީގަޑި އަކީ ރޭގަނޑު 21:30 އިން 23:00 އަށެވެ.

ރޯދަމަހު ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީީ ރޭގަނޑު 21:30 އިން 23:00 އަށް ކަމަށް ވެސް ފެމިލީ ކޯޓުގެ އިއުލާނުގައި ބުންޏެވެ.

ރަމަޟާން މަހު ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުދަ ދުވަހެއްގެ ރޭ 9:30 އިން 11:30 ށް ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ވެސް އެކޯޓުން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަސް ފެށޭނެ ކަމަަށް ބެލެވެނީ މާޗް 23 ވާ ބުރާސްފަތި ދުވަހު އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *