logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

މި ރޯދަމަހު ވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ ހަތަރު ގަޑިއިރަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ކަނޑައަޅުއްވާފައިވާ ގޮތަށް، މިއަހަރު ވެސް ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ހަތަރު ގަޑިއިރަށް ކަން ރައީސް އޮފީހުން ހަނދާންކޮށްދީފި އެވެ.

ރައީސް އޮފީހުން މިދިޔަ އަހަރު ކުރި އިއުލާނެއްގައިވާ ގޮތުން 1443 ވަނަ އަހަރުން ފެށިގެން ( މިދިޔަ އަހަރުން ފެށިގެން) ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ހަ ރޯދައިގެ ދުވަސްތަކުގައި (ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު) ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ.

އެކަން ހަނދާންކޮށްދިނުމުގެ ގޮތުން ރައީސް އޮފީހުން މިއަދު ވަނީ މިދިޔަ އަހަރުގެ އިއުލާނު ސޯޝަލް މީޑިއާގައި އަލުން އާއްމުކޮށްފަ އެވެ. ދައުލަތުގެ އިދާރާތަކުގެ މަސައްކަތުގެ ގަޑި އެގޮތަށް ބަދަލުކޮށްފައި ވާއިރު، ރާއްޖޭގައި ވަޒީފާދޭ އަމިއްލަ ފަރާތްތަކުން ވެސް ރޯދަމަހު މުވައްޒަފުންނަށް ލުއިތަކެއް ދެ އެވެ.

މިއަހަރުގެ ރޯދަމަސް ފެށޭނެ ކަމަށް  ބެލެވެނީ މި މާޗްމަހުގެ 23 ވަނަ ދުވަހު އެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި އޮތީ އެދުވަސް ކަަމަށް ވިޔަސް، މާޗް 21 އަކީ ރޯދައަށް ހަނދު ބަލާ ދުވަސް ކަމަށް ވާތީ، ހަނދު ފެނިއްޖެ ނަމަ 22 ވަނަ ދުވަސް ރޯދައަށް ވެދާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *