logo minivan

English

އަންގާރަ, 23 ޖުލައި 2024

ތ. ގުރައިދޫ ކައުންސިލްގެ ކުރީގެ 2 މެންބަރަކަށް ދައުވާކުރަނީ

ތ. ގުރައިދޫ ކައުންސިލްގެ ކުރީގެ 2 މެންބަރަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނި ގޮތުގައި ތ. ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން އަހަދު އާއި އެކައުންސިލް ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ސަރާހާ ދެކޮޅަށް ދައުވާކުރަން ފޮނުވީ އިއުލާން ނުކޮށް ބިންތަކެއް ދޫކުރި މަސައްލައެއްގައެވެ. އޭސީސީން ޕީޖީ އޮފީހުގައި އެދުނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫންގެ ދަށުން ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ، އެ ދެ މީހުންނާ ދެކޮޅަށް ކުރުމަށެވެ.

އެކޮމިޝަނުން ބުނި ގޮތުގައި ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިންދޫކުރުމާބެހޭ ގަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ. ގުރައިދޫ ކައުންސިލުން އަމަލުކުރަމުން އައި އުސޫލާއި ހިލާފަށް އިއުލާން ނުކޮށް ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި އެދެފަރާތުުން ސޮއި ކޮށްފައިވާ ކަމަށެވެ.

އަދި އޭސީސީގެ ތަހުގީގަށް ބިންތައް ދޫކުރުމުގައި އެދެފަރާތުގެ ބައިވެރިވުން އޮތް ކަމަށް އެންގިފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *