logo minivan

English

އަންގާރަ, 23 ޖުލައި 2024

ގައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ބުރާސްފައްޗަށް ހަމަވާތީ ހަނދާންކޮށްދީފި

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާތީ ރައީސް އޮފީހުން އެކަން ހަނދާންކޮށްދީފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 އަށް ހަމަވާނެ ކަމަށެވެ. ގައުމީ އިނާމަށް ނަން ހުށަހަޅަން ފޯމުފޮނުވަން ޖެހޭނީ ގައިމީ އިނާމާބެހޭ ކޮމެޓީއަށް އެޑްރެސް ކޮށް، ރައީސް އޮފީހަށެވެ. އެ ފޯމު ހުށައަޅާއިރު ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް ހުށައެޅުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގައުމީ އިނާމާބެހޭ ކޮމެޓީން އެދޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެންފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއްޔާ ޖަމާއަތް ފަދަ ތަންތަނުން އަދި މީގެ އިތުރުން ސަރުކާރުގެ އިދާރާއެއް މެދުވެރިކޮށް، ނަން ހުށައެޅޭ ގޮތަށް މިއަހަރުވެސް  ހަމަޖައްސާފައިވާ ކަމަށެވެ. ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާ ތަކުންވެސް ގައުމީ އިނާމަށް ކުރިމަތިލެވޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ

ވަކިވަކި ފަރުދުން ގައުމީ އިނާމަށް ނަން ހުށައަޅާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށާއި އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން މިއިނާމަށް ނަން ހުށަހަޅާނީވެސް އެކަމަށް ކަނޑައެޅިފައިވާ ފޯމުން ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *