logo minivan

English

އަންގާރަ, 23 ޖުލައި 2024

އަނެއްކާވެސް ޓުއަރިސްޓަކު ގެނބިގެން މަރުވެއްޖެ

އއ. އަތޮޅު ރިސޯޓަޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

.ފުލުހުން ބުނީ އއ. އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން އެއަތޮޅު ހޮސްޕިޓަލަށް ގެންދާކަމަށް މިއަދު ހެނދުނު 10:31 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ. އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިއަދު އއ އަތޮޅުގެ ރިސޯޓަކުން ފަތުރުވެރިއަކު މަރުވެފައިވާއިރު އިއްޔެ ވަނީ ހަމަ އެއަތޮޅު ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިންނަށް ފޭބި ފަތުރުވެތިޔަކު މަރުވެފައެވެ. މިފަހަކަށް އައިސް ފަތުރުވެރިން ގެބިގެން މަރުވުމުގެ ހާދިސާތައް އިތުރުވެފައި ވާތީ ޓޫރިޒަމް މިނިސްޓްރީއިން ވަނީ ރިސޯޓުތަކުން މޫދު ހަރަކާތްތައް ހިންގުމުގައި ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން އަންގާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *