logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ކޮލަމާފުށީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

ގއ. ކޮލަމާފުށީގައި މިއަދު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އިމާރާތެއް އަނދައި ހުލި ވެއްޖެ އެވެ.

ކޮލަމާފުށީ ކައުންސިގެ މެމްބަރު ސަމާ ތައްހާން "މިނިވަން"އަށް ވިދާޅުވި ގޮތުގައި އެރަށުގައި ހުރި ޕްރިންޓްކުރާ ތަނެއްގައި ރޯވެ، އަނދައި ހުލިވި އިރު އެތަނާ ޖެހިގެން ގުދަނަކާއި އެހެން ގެއެއްގައި ވެސް ރޯވި އެވެ. އަލިފާންގަނޑު ވަރަށް ބޮަޑަށް ފެތުރި، މަގުގެ އަނެއް ފަރާތުން ގޯއްޗެއްގައި ހުރި ރުއްތަކެއްގައި ވެސް އޭނާ ވިދާޅުވި ގޮތުގައި ރޯވި އެވެ.

"މުޅި ރަށުގެ ރައްޔިތުން ނުކުމެ، ފެންހޮޅިތަކާއި ބާލިދީތަކުން ފެން ޖަހައިގެން އަލިފާންގަނޑު ނިއްވައިލީ،" ސަމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮލަމާފުށި ކަހަލަ އެކަހެރިކޮށް އޮތް ރަށެއްގައި، އެހާ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި އިރު، އަލިފާން ނިއްވާނެ ރަނގަޅު އިންތިޒާމެއް ނެތުމަކީ ކޮލަމާފުށި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *