logo minivan

English

އަންގާރަ, 16 ޖުލައި 2024

ސެންޓްރަލް ޕާކް ފެންއަރުވާވަޑާން ނުޖައްސަނީ މައްސަލައެއް ދިމާވެގެން

ހުޅުމާލޭ ސެންޓްރަލް ޕާކްގައިވާ ފެންއަރުވާ ވަޑާން އެއްގޮތަކަށް ވެސް ނުޖައްސާތާ ދުވަސްތަކެއް ފަހުން، އެ ތަނުގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑައިލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއދު ކުރި ޓްވީޓެއްގައި ބުނީ ސެންޓްރަލް ޕާކްގައިވާ ފެންއަރުވާ ވަޑާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ވަގުތީގޮތުން ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.  މައްސަލަ ހައްލުކުރުމަށްފަހު ވީއެންމެ އަވަހަށް ފެންއަރުވާ ވަޑާން އަލުން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ފެންއަރުވާ ވަޑާން ހެދުމުގެ މަސައްކަތް އެޗްޑީސީން ފެށީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. އެތަނުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވައިލީ 2021 ވަަނަ އަހަރު އެވެ. ތުރުކީގެ ޓާމަކްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހެދި އެ ތަނަކީ މިއުޒިކާއި އެކި ކުލަތަކުގެ އަލިތަކާ އެކު އެކި ސްޕީޑްގައި ފެން އަރާ ގޮތަށް ހަދާފައިވާ ތަނެކެވެ. ވިހިހާސް އަކަފޫޓްގެ ޖާގައެއްގައި ހަދާފައިވާ އެތަނުގެ ފެން އެންމެ މައްޗަށް އަރާ އިރު 15 މީޓަރާ ހަމައަށް އުފުލެ އެވެ. ތުރުކީގެ ޓާމަކްސް ކުންފުންޏަކީ ސަލްމާން މިސްކިތާއި ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރި ކުންފުންޏެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *