logo minivan

English

އަންގާރަ, 16 ޖުލައި 2024

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓަކު ނެރެ އެޕާޓީން އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިޔަށްދިޔަ އެޕާޓީގެ ކައުންސިލްގެ އިއްތިފާގުންނެވެ. މި ނިންމުމާއެކު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމްކަން ވަނީ ކަށަވަރުވެފައެވެ. އެއީ އެޕާޓީން އަލަށް ފާސްކުރި އަސާސާ ޤަވާއިދު ބުނާގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ލީޑަރު ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބުކުރުމަށެވެ.

ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނިކުންނަން ނިމުމަކީ މިހާރު އޮތް ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް މިއަހަރު ނޮވެމްބަރު 11 އާއި ހަމައަށް ތިއްބަވާނެކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމާފައިމިވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައިވަނިކޮށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *