logo minivan

English

އަންގާރަ, 16 ޖުލައި 2024
MP Shiyam
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.

ރޯދަ އިނާޔަތް ބޮޑުކުރަން ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައެއް ނުގަތް

ރޯދަ އިނާޔަތުގެ ގޮތުގައި ދޭ ފައިސާގެ އަދަދު ބޮޑުކުރުމަށާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ވެސް އެ އިނާޔަތްދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައެއް ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ސަރުކާރަށް ގޮވައިލެއްވީ ރޯދަ އިނާޔަތުގެ ގޮތުގައި ދޭ ފައިސާގެ އަދަދު 3،000.ރ އަށް ވުރެ ބޮޑުކުރުމަށާއި އެ އިނާޔަތް މަސްވެރިންނަށާއި ދަނށޑުވެރިންނަށް ވެސް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރުމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި ވާތީ އެވެ.

" …ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، ރައްޔިތުން އަތްނުފޯރާފަށަށް ކާބޯތަކެތީގެ އަގުތައް އުފުލިފައި ވާތީއާއި އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުން ދާތީ ރަމަޟާން މަހުގެ އިނާޔަތް 3،000ރ. އަށް ވުރެ ބޮޑުކޮށްދިނުމަ[ށް ގޮވައިލަމެވެ]،" މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ޝިޔާމް ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓުދެއްވީ 15 މެމްބަރެކެވެ. އެ މައްސަަލަ ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް 27 މެމްބަރަކު ވޯޓު ދެއްވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *