logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ރޯދަމަހު ކެފޭ ރެސްޓޯރެންޓުތައް 3 ޖަހަންދެން، ފިހާރަތައް 1 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

މިއަހަރުގެ ރޯދަމަހު ކެފޭ ރެސްޓޯރަންޓު އަދި ފިހާރަތައް ހުޅުވޭނެ ވަގުތުތައް ކަނޑައަޅައި އާއްމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ.

އެމިނިސްޓްރީއިން ބުނެފައިވަނީ މިއަދުން ފެށިގެން (15 މާރޗް) ރޯދަ މަހުގެ ރޭތަކާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށެވެ.

ރޯދަ މަހަކީ ގޭތެރެއަށް ބޭނުންވާ ތަކެތި ގަތުމާ، ގޭތެރޭ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރާ ދުވަސް ވަރަކަށް ވުމުން މިގެނާ ބަދަލު ތަކާ ގުޅިގެން ރޯދަމަހަށް ތައްޔާރުވުމަށް ވިޔަފާރި ކުރައްވާ ފަރާތްތަކަށް އިތުރު ފަސޭހަ ކަމެއް ލިބިގެން ދާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *