logo minivan

English

އަންގާރަ, 16 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

ރައީސަށް "ދޯކާ ދީފައި" ޖޭޕީއަށް ސަރުކާރަކު ނުތިބެވޭނެ: މެމްބަރު ރާއީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރަން ނިންމި ނިންމުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް "ދޯކާ ދިނުން" ކަމަށް ސިފަކުރައްވައި، އެ ޕާޓީގެ މެމްބަރުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ މިއަދު ގޮވައިލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއީ ވިދާޅުވީ ސަރުކާރުން ޖޭޕީއަށް ހާއްސަކޮށްފައިވާ ސްލޮޓްތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އިސްތިއުފާ ނުދެއްވާ ނަމަ އެ ބޭފުޅުން ވަކިކުރަން ސަރުކާރު ތެރެއިން މަސައްކަތްކުރައްވާނެ ކަމަށެވެ. ޖޭޕީން "ރައީސަށް ދޯނާ ދިނީ" އޭނާ ވިދާޅުވި ގޮތުގައި ސަރުކާުރުގެ ބޮޑު ބައެއް އެޕާޓީއަށް ދެއްވާފައި ވަނިކޮށެވެ.

"މިއޮތްހާ ދުވަހު ސަރުކާރުން ބޮޑު ޕޯޝަނެއް ދީ، މިތާ ތިބި މެމްބަރުން އެއްޗެކޭ ނުބުނެ [ތިއްބައި] މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދީފައި އެގޮތަކަށް އެކަމެއް ނުކުރެވޭނެ [ޖޭޕީ މެމްބަރުންނަށް މަގާމުތަކުގައެއް ނުތިބެވޭނެ]. އަޅުގަނޑުމެން އެކަން ކުރިޔަކަ ނުދޭނަން،" ރާއީ ވިދާޅުވި އެވެ.

ޖޭޕީން ރިޔާސީ އިންތިހާބަށް ވަކިން ނުކުންނާތީ، އެޕާޓީގެ މެމްބަރުން، ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަން  މިއަދުގެ ޖަލްސާގައި ފުރަތަމަ ގޮވައިލެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އޭނާއަށް ރައްދު ވެސް ދެއްވި އެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ޖޭޕީން 2018 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން މިއަހަރުގެ ނޮވެމްބަރު 18 ވަަނަ ދުވަހާ ހަމައަށް ދެމި އޮންނާނެ ކަމަށާއި ޖޭޕީގެ އެއްވެސް މެމްބަރަކު ސަރުކާރުގެ މަގާމަކުން އިސްތިއުފާ ނުދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޢިއްޒަތްތެރި މަނިކުފާން ޖޭޕީ ރައީސެއް ކޯލިޝަން ހެދީ 2023 އިންތިހާބަކަށް ނޫނެވެ. ބުރާންތި ފިލުވާލާފާ ހަމަބިމަށް ތިރިވާށެވެ.

  2. ރައްޔިތުންގެ އަޑުނާހާ މެންބަރުން ދެންއަންނަ ދައުރަކުނޮހޮނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *