logo minivan

English

އަންގާރަ, 16 ޖުލައި 2024

ސަމީރަށް ހިތްބުރަކަމެއް ނެތް، އިންސްޓްޓިއުޝަނެއްގެ ގޮތުގައި ޖޭޕީ ބިނާކުރެވިއްޖެ: ގާސިމް

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންނެވި ނަމަވެސް އޭނާއާ މެދު "ހިތްބުރަކަމެއް" ނެތް ކަމަށް އެޕާޓީގެ ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސަމީރު ޖޭޕީން ވަކިވެވަޑައިގެންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވަކިން ވާދަކުރަން ނިންމުމުންނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން ނިންމީ އެޕާޓީގެ ކައުންސިލުން  ރޭ ބެއްވި ބައްދަލުވުމެއްގަ އެވެ. ޕާޓީން ވަކިވެވަޑައިގަންނަވާ ކަން ސަމީރު އިއުލާނު ކުރެއްވީ އެ ބައްދަލުވުމުގަ އެވެ. މައުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު "މިނިވަން" އަށް ވިދާޅުވި ގޮތުގައި ޕާޓީން ވަކިވެވަޑައިގަންނަވާ ކަން ހާމަ ކުރެއްވި އިރު ސަމީރު ޖޭޕީއަށާއި އެޕާޓީގެ ލީޑަރު ގާސިމަށް ޝކުރުއަދާކުރެއްވި އެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގް ގޮތުގައި ނުކުމެވަޑައިގަންނަވާތީ ސަމީރު ގާސިމަށް މަރުހަބާ ވެސް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސަމީރު ޖޭޕީން ވަކިވެވަޑައިގެންނެވިޔަސް އެކަމާ ހިތްބުރަކަމެއް ނެއް ކަމަށާއި އެއީ ހަމަ ވަރަށް "ނެޗުރަލް ކަމެއް" ކަމަށެވެ.

ޖޭޕީން ނުކުންނެވި ބައެއް ބޭފުޅުން ރާއްޖޭގެ އެކިއެކި ޕާޓީތަކުގެ އިސް މަގާމުތަކުގައި މިހާރު ވެސް އެބަ ތިއްބެވި އެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ.

"އެކަމުން ދޭހަވަނީ އިންސްޓްޓިއުޝަނެއްގެ ގޮތުގައި މިޕާޓީ ބިނާކުރެއްވިއްޖެޔޭ. އަޅުގަނޑު އެކަމާ އުފާކުރަން،" ރޭގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ޖޭޕީ ވަކިން ނުކުތުމާ މެދު އެޕާޓީގެ ކައުންސިލްގެ ބައްދަލުވުމުން ރޭ ފާސްކުރި އިރު އެކަމާ އެއްކޮޅަށް ވޯޓް ނުދެއްވީ ހަމަ އެކަނި ސަމީރެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސާ އިންތިހާބުގައި އޭނާ ތާއީދުކުރައްވަން ނިންމަވާފައިވަނީ ރައީސް ސޯލިހަށް ކަމަށާއި އެހެންވެ ޖޭޕީ ވަކިން އިންތިހާބުގައި ވާދަކުރަން ނިންމުމުން ޕާޓީގައި އޭނާ ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *