logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

އެމްޑީޕީގެ ދަނގެތީ ދާއިރާގެ ރައީސް އިސްތިއުފާދީފި

އެމްޑީޕީގެ ދަނގެތީ ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު އިސްތިއުފާދީފިއެވެ.

ރާޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައި ވާކަމަށްބުނެ އިހްތިރާމުގެ ސިޓީއެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލް އަށް ފޮނުވާފައެެވެ.

އެ ސިޓީ ގައި އިސްތިއުފާ ދެއްވި ސަބަބަކަށް ރަޝީދު ބުނެފައިވަނީ ޕާޓީ ގެ ތެރެއިން ޑިމޮކްރަޓިކް ހަމަތަކާއި ބީރަށްޓެހި ސިފަތަކެއް ފެންނަމުނަ ދާތީ ކަމަށެވެ. އަދި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެމްޑީޕީ ޓިކެޓް ރާއީސް ސޯލިހް ކާމިޔާބު ކުރެއްވުމަށް ފަހު ވެވަޑައިގެންނެވި ވައުދުތަކާ ހިލާފު ވުމުގެ ސަބަބުން ޕާޓީ ގެ ގިނަ އަދަދެއްގެ މެންމަބރުން ޕާޓީއާއި ފޭއަށް ޖެހިފައި ވާތީ ކަމަށެވެ.

ރަޝީދު ބުނެފައިވަނީ މަގާމުގައި ދެމި ހުރުމަކީ ޕާޓީއަށާއި ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތްކަމަށް ނުފެންނާތީ “ދަނގެތި ދާއިރާ” ރައީސްކަމުގެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާކަމަށެވެ.

"ވީމާ އެމްޑީޕީގެ "ދަނގެތި ދާއިރާ"ގެ ރައީސް ކަމުގެ މަގާމުން މިއަދު 15 މާރިޗު 2023 ވަނަ ދުވަހުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." ރާޝިދު ގެ ސިޓީގައި ބުނެފައި ވެއެވެ.

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *