logo minivan

English

ބުދަ, 24 ޖުލައި 2024

ޑީއާރުޕީއާއި ލޭބަރ ޕާޓީ އުވާލައި ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުން އުނިކޮށްފި

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) މިއަދު އުވާލައި ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުން އުނިކޮށްފިއެވެ.

ދެޕާޓީ އުވާލުމަށްފަހު މިއަދު ވަނީ ސަރުކާރުގެ ގެޒެޓްގައި އިއުލާންކޮށްފައެވެ.

ޑީއާރްޕީ އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެންނެވެ. 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ރައީސް މައުމޫނަށް ނާކާމިޔާބުވެވަޑައިގަތުމުން ޕާޓީގެ ލީޑަރޝިޕް ހަވާލުކުރެއްވީ އަހުމަދު ތަސްމީން އަލީއާއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އަށް އެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން މެންބަރުން ހަމަކުރުމަށް ދެވުނު 3 (ތިނެއް) މަސް ދުވަހުގެ މުއްދަތުގައި، ޤާނޫނު ލާޒިމްކުރާ ޢަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޕާޓީ އުވާލުމަށް ނިންމާ، ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާތީ އިސްވެދެންނެވުނު ދެ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 29 ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅައި، ދެންނެވުނު ދެ ޕާޓީ (މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި ދިވެހިރައްޔިތުންގެ ޕާޓީ) ސިޔާސީ ޕާޓީގެ ދަފްތަރުން 2023 މާރޗް 15 ވަނަ ދުވަހު އުނިކޮށް އުވާލާފައިވާކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *