logo minivan

English

އަންގާރަ, 23 ޖުލައި 2024
ފެންބޮޑުވި ސަރަހައްދުތަކުން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ ފޮޓޯ؛ އޭޕީ

ތުރުކީ ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތަކުގައި ފެންބޮޑުވެ 14 މަރު

ތުރުކީއަށް މިދިޔަ މަހު އައި ބާރުގަދަ ބިންހެލުމުގައި ގެއްލުންލިބުނު ދެ ޕްރޮވިންސަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 14 މީހުން މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ ވިދާޅުވީ ތިން ސަރަހައްދަކުން ގެއްލިގެން ރިޕޯޓް ކޮށްފައިވާ ފަސް މީހަކު ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

ސޮއިލޫ ވިދާޅުވީ ދެކުނުއިރުމަތީ ސަންލިއުރްފާ ޕްރޮވިންސްގައި ފެންބޮޑުވުމުގެ ސަބަބުން 12 މީހުން މަރުވެފައިވާއިރު އަދްޔާމަން ޕްރޮވިންސުން އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށެވެ..

އެޕާޓްމަންޓެއްގެ ތެރެއިން ހަށިގަނޑު ފެނުނު ސީރިއާގެ ފަސް މީހަކާއި އަންޑަޕާހެއްގައި ތާށިވެފައި އޮތް ވޭނެއްގެ ތެރޭގައި މަރުވި އިތުރު ދެ މީހުން ހިމެނެއެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުން ޓެންޓުތަކުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ކޭމްޕުން އެތައް ބަޔަކު ވަނީ ހުސްކޮށްފައެވެ.

ތުރުކީގެ ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނީ މި ދެ ޕްރޮވިންސްގެ ތެރެއިން ކޮންމެ ޕްރޮވިންސެއްގައި ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީ އާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 52،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ތުރުކީގެ ދެ ލައްކައަށްވުރެ ގިނަ އިމާރާތް ވެއްޓި،  ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *