logo minivan

English

ހޮނިހިރު, 13 ޖުލައި 2024
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ކޯލިޝަން ދައުވަތަށް ޖޭޕީން އަދި ޖަވާބެއް ނުދޭ: ތަރުޖަމާން

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލައްވާ ކޯލިޝަނުގައި ބައިވެރިވާން ދީފައިވާ ދައުވަތަށް ޖުމްހޫރީ ޕާޓީން އަދި ޖަވާބެއް ނުދޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލް ކުރައްވާ، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ މިހާރު ކޯލިޝަން ގައި ހިމެނިވަޑައިގަންނަވާ ޕާޓްނަރުންނަށް ދައުވަތު ފޮނުވާފައިވާ ކަމަށާއި އަދި އެހެން ބައެއް ބޭފުޅުންނަށް ވެސް ދައުވަތު ފޮނުވާފައިވާ ކަމަށާއި އެ ދައުވަތަށް ޖޭޕީން އަދި ޖަވާބެއް ނުދޭ ކަމަށެވެ.

"ކޯލިޝަން އެކުލަވައިލަން، ރައީސް ވަނީ ކޯލިޝަންގައި މިހާރު ހިމެނޭ ކޯލިޝަން ޕާޓްނަރުންނަށް ވެސް ދައުވަތު ފޮނުވާފައި. ދެން އެހެން ބައެެއް ބޭފުޅުންނަށާ އެއްކޮށް ދައުވަތު ފޮނުއްވީ. އެއަށް އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވޭ،" މިއުވާން ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަން ތެރޭގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ސަރުކާރު ހިންގަން ދަތިވާނެ ކަމަށް އިއްޔެ ވިދާޅުވި ވިދާޅުވުން ވެސް އޭނާ ތަކުރާރު ކުރެއްވި އެވެ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެފި ހާލަތެއްގައި ދެން ކުރިއަށް ވަޑައިގަންނަވާނެ ގޮތަކާ މެދު ރައީސް މަޝްވަރާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން، ސަރުކާރު ހިންގެވުން. އެކަމަށް އެއްބާރުލުން ދެއްވާ ބޭފުޅުންނާ އެކު ރައީސް ކުރިއަށް ވަޑައިގަންނަވާނެ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގައި ތިއްބަވައިގެން، ރައީސާ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ބޭފުޅުންނާ އެކު ކުރިއަށް ވަޑައިގެންނެވުމުގައި ދަތިތަކެއް ހުންނާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *