މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވާ ގޮތުން، ގެއްލިގެން ހޯދަމުން އަންނަނީ ކ. މާލެ/ ހ. ކޯލީފްލާވަރ، އަހްމަދު ނާޝިދު (46) ކަމަށެވެ.
ކ. މާލެ / ހ. ކޯލީފްލާވަރ، އަޙްމަދު ނާޝިދު (46އ) ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.https://t.co/qMlvgttH8f pic.twitter.com/0DmrvGxd95
— Maldives Police (@PoliceMv) March 21, 2023
ފުލުހުން ބުނީ ވީނުވީއެއް ނޭނގި ނާޝިދު ގެއްލިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށާއި އާއިލާއަށް އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ނާޝިދު އާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް އިގޭ ފަރާތެއްވާނަމަ އެކަން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރަން ފުލުހުން އެދެ އެވެ.