logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު ހައްޖުގެ މަޝާއިރުތައް ފުރިހަމަކުރަނީ

ހައްޖުދަތުރު ގައި ހިލޭ މަސައްކަތްކޮށްދޭނެ މީހުން ހޯދަން އަލުން އިއުލާނުކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން 1444 ވަނަ އަހަރުގެ ހައްޖަށް މީހުން ގެންދާ އިރު އެ ހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

ހައްޖުކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން، ހައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަަސައްކަތްކުރާނެ ފިރިހެނުން ހޯދަން ދެވަނަ ފަހަރަށް އިއުލާނުކުރީ ފުރަތަމަ ކުރި އިއުލާނަށް އެކަށީގެންވާ އިޖާބައެއް ނުލިބުމުންނެވެ. އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތަކީ އެ އިއުލާނުގައިވާ ގޮތުން، އަސާސީ ތައުލީމު ހާސިލޮށްފައި ވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްހަތު ރަނގަޅު މީހަކަށް ވުމެވެ.

ކުރަން ޖެހޭ މަަސައްކަތްތައް

  • ހައްޖުވެރިންނަށް ދޭން ޖެހޭ މައުލޫމާތު ދުވަހުން ދުވަހަށް ދެމުން ގެންދިއުން
  • ދަތުރުގައި ހައްޖުވެރިންނަށް  އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ދިނުން
  • ހައްޖުވެރިންނަށް ދިމާވާ އެކި ކަންކަން ހައްޖުކޯޕަރޭޝަނުގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުުރުން.
  • ކެއުމުގެ އިންތިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން
  • ބާޒާރުކުރުމާއި ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެނައުމާއި ގުދަންކުރުން
  • ހައްޖުގެ މަޝާއިރުތަކުގައި ހައްޖުވެރިންނަށް އެހީތެރިވުން
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެެރިކަން ފޯރުކޮށްދިނުން

ހައްޖުދަތުރުގައި ހައްޖުކޯޕަރޭޝަނަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދޭން އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭނީ އެކަމަށް އެދޭ ފޯމާއި އައިޑީކާޑްގެ ކޮޕީ އެކެވެ. ހައްޖު ކޯޕަރޭޝަނުގެ އިއުލާނުގައިވާ ގޮތުން އެ ފޯމު، އެކޯޕަރޭޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. ސުންގަޑިއަކީ 22 މާޗް ވާ ބުދަދުވަހުގެ މެންދުރުފަހު 3:00 އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *