logo minivan

English

އަންގާރަ, 23 ޖުލައި 2024

ނޫސްވެރިޔަކު ހައްޔަރު ކުރީ ފުލުހެއްގެ ގައިގައި ޖެހިމައްސަލައެއްގައި: ފުލުހުން

އިއްޔެރޭ މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ނޫސްވެރިއަކު ހައްޔަރު ކޮށްފައިވަނީ ފުލުހެއްގެ ގައިގައި ޖެހުމުގެ މައްސަލައެއްގާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލީޝަނުން އިއްޔެ ރޭ ކުރި މުޒާހަރާ ތެރެއިން ހައްޔަރު ކޮށްފައިވަނީ "އަވަސް" ގެ ނޫސްވެރިއެކެވެ.

ފުލުހުންމިއަދު ކުރި ޓުއިޓެއްގައި ބުނީ ނޫސްވެރިޔާ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ އެ މުޒާހަރާ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރިވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސްއަޅާ ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ހައްޔަރުކުރި ނޫސްވެރިޔާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނޫސްވެރިޔާ ހައްޔަރު ކުރުމުން އެކަމާ ކަންބޯޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބަޔާނެއް ވެސް ނެރުނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *