logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

އަވައްޓެރި ސްރީލަންކާ ގައި ދިރިއުޅެމެން އަންނަ ދިވެހިންނަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވާ  ޤުރުއާން މުބާރާތުގެ މިއަހަރުގެ އެޑިޝަން ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ލަންކާ ގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުން ބާއްވާ " "އޯޕަން ޤުރުއާން މުބާރާތް 1444″ ކުރިއަށް ގެންދާނީ އެ ސެންޓަރުން ބުނި ގޮތުގައި ހަތް އުމުރުފުރާ އަކަށް ބަހާލެވިގެން ނެވެ. އެއީ 7، 9، 11، 15، 18އަހަރުން ދަށެވެ. އެ މުބާރާތުގައި  18 އަހަރުން މަތީގެ އުމުރައަށް ހާއްސަ ބައެއް ވެސް ހިމެނެ އެވެ.

އެމްއީސީސީ އިން އިއުލާން ކޮށްފައިވާ ގޮތުން މިއަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރިލް މަހުގެ 11 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. މިއަހަރުގެ ޤުރުއާން މުބާރާތް ބާއްވާނީ މޭމަހުގެ 13 އަދި 14 ވަނަ ދުވަހު ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

މުބާރާތުގަ ބައިވެރިވާން އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ރޯދަ މަހުގެ ކުރިންނަމަ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 18:00 އަށް އަދި ރޯދަމަހު ހެނދުނު 09:00 ކުން 12:00 އަށް އެމްއީސީސީގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެމްއީސީސީގެ އިއުލާނުގައި ބުންޏެވެ. އެ ފޯމު އެމްއީސީސީގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރަން ލިބޭނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *