logo minivan

English

ހޮނިހިރު, 13 ޖުލައި 2024

އެސްޑީއެފްސީ އަތޮޅުތަކަށް ފުޅާކުރަން ސާވޭ ފަށައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސްކުރަން ސަރުކާރުން ގާއިމްކޮށްފައިވާ ބޭންކް، "އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)"ގެ ހިދުމަތް ރާއްޖޭގެ އުތުރާއި ދެކުނަށް ފުޅާކުރުމަށް ހަދަން ޖެހޭ ސާވޭގެ މަސައް މިހާރު ފަށާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ރާއްޖެޓީވީ "ފަލަސުރުޚީ ޕްރޮފްރާމް" ގައި އެސްޑީއެފްސީގެ ސީއީއޯ ނާޒިމް ހަބީބ ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނަށް ހިދުމަތް ފުޅާކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކަކީ އެ ބޭންކުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަންތައްް ކަމަށެވެ. އެކަމަށް ކުރަން ޖެހޭ ސާވޭ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެނަށް ލިބިފައި އެބަހުރި އަަޅުގަނޑުމެންގެ މި މަަސައްކަތުގެ ތެރެއިން ވެސް ވަރަށް ގިނަ މައުލޫމާތާ ޑޭޓާ ލިބިފައި އެބަހުރި. ދެން އަޅުގަނޑުމެން ބަލަމުން މިދަނީ ކޮން ރަށެއްގައި ކިހިނެތްތޯ އަޅުގަނޑުމެންގެ ސެޓަޕެއް ގާއިމްކޮށްގެން އަޅުގަނޑުމެނަށް އެންމެ އެކަށީގެންވާ ގޮތަކަށް ޚިދުމަތް ދެވޭނީ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށެއްގައި އެސްޑީއެފްސީގެ ސެޓަޕެއް ހެދުމުގެ ބޭނުމަކީ (ބްރާންޗެއް ގާއިމްކުރުމުގެ ބޭނުމަކީ) އެ ސަރަހައްދެއްގައި އުޅޭ ވިޔަފާރިވެރިންނަށާއި ވިޔަފާރި ކުރަން ފަށަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަރު ފަހިކޮށްދިނުމެވެ. އެސްޑީއެފްސީގެ ހިދުމަތް ހޯދާ ފަރާތްތަކާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި އެ ބޭންކްގެ ހިދުމަތް ފުޅާ ކުރުމުގެ އެއް ބޭނުމެވެ.

އެސްޑީއެފްސީގެ ހިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ފުޅާކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *