logo minivan

English

ބުދަ, 24 ޖުލައި 2024

ވިލިމާލެއިން ގެއްލުނު ކުއްޖާ ފެނިއްޖެ: ފުލުހުން

ވިލިމާލެއިން ހުކުރު ދުވަހު ގެއްލުނު ކުޑަކުއްޖާ ހޯދިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ އެއިދާރާއިން ހޯދިފައިވާ ކަމަށެވެ. އެއިދާރާއިން ބުނީ އެކުއްޖާ ހޯދިފައި ވަނީ ހުޅުމާލެއިން ކަމަށާ އަދި ހޯދުނުއިރު އެކުއްޖާގެ ހާލު ރަންގަޅުކަމަށެވެ.

އަދި މީގެ އިތުރުން މިމައްސަލަ ހިންގާފައިވާ ގޮތް އިތުރަށް ބަލަމުން ދާކަމަށެވެ.

އައިޝަތު ޒޯޔާ 13އ ވިލިމާލެއިން ގެއްލިގެން ހޯދަން ފެށީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އެކުއްޖާ ގެއްލިގެން އެކުއްޖާގެ އާއިލާއިން ވަނީ ސޯޝަލްމީޑިއާގައި އެމައުލޫމާތު ހިއްސާކޮށްފައެވެ. އާއިލާއިން މައުލޫމާތު ދިންގޮތުގައި ޒޯޔާ ގެއްލިފައިވަނީ ހުކުރުދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އިއްޔެ ފުލުހުން އާއިލާއަށް ޒޯޔާ ހޯދިފައިވާކަމުގެ މައުލޫމާތު ދީފައިވާކަމަށް ސޯޝަލް މީޑިއާގައިވާ ޕޯސްޓްއިން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *