logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

މިދިޔަ ތިން އަހަރު އެންމެ ގިނަ ބިދޭސީން ހައްޔަރުކުރީ ވައްކަމުގެ މައްސަލަތަކުގައި!

މިދިޔަ ތިން އަހަރު ދުވުހުގެ ތެރޭގައި އެންމެ ގިނަ ބިދޭސީން ހައްޔަރުކޮށްފައި ވަނީ ވައްކަމާއި މާރާމާރީގެ މައްސަލަތަކުގައި ކަމަށް ހޯމް މިނިސްޓްރީން ރައްޔިތުންގެ މަލީހާ ހިއްސާކުރި މައުލޫމާތަކުން އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ކުރެއްވި ސުވާލަކަށް މިނިސްޓަރު ލިއުމުން ދެއްވި ޖަވާބާ އެކު ހުށަހެޅުއްވި ރިޕޯޓްގައިވާ ގޮތުން ވައްކަމުގެ މައްސަލަތަކުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި 73 ބިދޭސީއަކު ހައްޔަރުކުރި އެވެ. އެއީ މިދިޔަ އަހަރު 19، އޭގެ ކުރީ އަހަރު 43 އަދި 2020 ވަނަ އަހަރު 11 ބިދޭސީންނެވެ.

އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި ދެވަނަ އަށް އެންމެ ގިނަ ބިދޭސީން ހައްޔަރުކުރީ މާރާމާރީގެ މައްސަލަތަކުގަ އެވެ. މާރާމާރީގެ މައްސަލަތަކުގައި ތިން އަހަރުގެ ތެރޭގައި ޖުމްލަ 34 ބިދޭސީއަކުން ހައްޔަރުކުރި އެވެ. އެއީ 2022 ވަނަ އަހަރު ފަސް މީހުން، 2021 ވަނަ އަހަރު ނުވަ މީހުން އަދި 2020 ވަނަ އަހަރު 20 މީހުންނެވެ.

އެ ރިޕޯޓްގައިވާ ގޮތުން މީހުން ވައްކަމާއި މާރާމާރީގެ އިތުރުން މީހުން ރަހީނުކުރުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތައް އަދި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތަކުގައި ވެސް މިދިޔަ ތިން އަހަރު ބިދޭސީންގެ އެތައް ބަޔަކު ހައްޔަރުކުރި އެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަަލަތަކުގައި 27 މީހަކު، މީހުން ރަހީނުކުރުމުގެ މައްސަލަތަކުގައި ހަ މީހަކު މިދިޔަ ތިން އަހަރުގެ ތެެރޭގައި ވަނީ ހައްޔަރުކޮށްފަ އެވެ. ޖިންސީ ފުރައްސާރައިގެ މައްސަަލަތަކުގައި ނުވަ މީހަކު އަދި ފައިސާގެ މައްސަލަތަކުގައި ހަތަރު މީހަކު ވެސް މިދިޔަ ތިން އަހަރުގެ ތެެރޭގައި ހައްޔަރުކުރި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *