logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ފަސްޓްލޭޑީ އެމްޕީއެލް ގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ޤާއިމުކުރި ކިޑްސް ކެއަރ ސެންޓަރު ފަސްޓްލޭޑީ ފަޒްނާ އަޙްމަދު މިއަދު ހުޅުވައިދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން މިއަދު ހުޅުވި އެމްޕީއެލް ކިޑްސް ކެއާ ސެންޓަރަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ޤައިމުކޮށްދިނުމަށްޓަކައި ޤާއިމުކުރި ސެންޓަރެއް ކަމަށެވެ.

އެ ސެންޓަރުގައި ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންފަދަ އިންތިޒާމުތައް ކުދިންނަށް ހަމަޖެހިފައިވާއިރު، މިހާރުވެސް އެތަނުގައި 12 ކުދިން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނި ގޮތުގައި އެ ތަނަކީ 30 އާއި 40 އާއި ދެމެދުގެ ޢަދަދެއްގެ ކުދިންނަށް ޚިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ. އެތަނުގެ ޚިދުމަތް އެމްޕީއެލްގެ މުވައްޒަފުންނަށް ހިލޭ ލިބޭނެ އެވެ. ހުޅުވާފައި ހުންނާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7 އިން ރޭގަނޑު 7 ކަމަށެވެ.

އެމްޕީއެލްގެ ކިޑްސްކެއާ ސެންޓަރު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރު ބައްލައްވާލައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފައެވެ.

މި ސަރުކާރުން ވަނީ ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް އާާއި ކޮންމެ ބައްޕައަކަށް މުސާރައާއެކު އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބޭނެ ގޮތް ވެސް ފަހިކޮށްދެއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *