logo minivan

English

ހޮނިހިރު, 13 ޖުލައި 2024
އިމްރާން ހާން ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކުރި މުޒާހަރާއެއްގެ ތެރެއިން

ހަމަނުޖެހުންތައް ބޮޑުވެ އިމްރާން ހާން ހައްޔަރުކުުރުމުގެ އަމުރު ބާތިލްކޮށްފި

ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން، ދައުލަތުގެ ހަދިޔާ ވިއްކާލި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުން ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ގައުމުގެ ކޯޓުން ނިންމައިފިއެވެ.

ފުލުހުން ބުނީ އިމްރާންގެ ސަޕޯޓަރުން ވަނީ އިސްލާމްއާބާދުގެ ހައިކޯޓް ކައިރިއަށް ހިލަ އުކައި ކަރުނަ ގޭސް ޖަހާފައި ކަމަށެވެ.

އިމްރާން ހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރު ކުރެއެވެ.

ފުލުހުންނާ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާއި ހެދި އިމްރާނަށް ކޯޓަށް ވަދެވަޑައިނުގެންނެވުނެވެ. އެހެންވެ ހާޒިރި ނެންގެވުމަށް ފަހު ގެކޮޅަށް ވަޑައިގެންނެވުމަށް ގާޒީ އަމުރުކުރެއްވިއެވެ.

ކުރީގެ ބޮޑުވަޒީރު ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށާއި ނަމަވެސް އޭނާ ކޯޓަށް ވަޑައިގަންނަވަނީ "ގާނޫނުގެ ވެރިކަން ގަބޫލުކުރާތީ" ކަމަށެވެ. ސަރުކާރުން ބުނަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ކަންކަމާ އެއްވެސް ގުޅުމެއް އޮތް ދައުވާއެއް ނޫން ކަމަށެވެ.

ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވީހައްޔަރުކޮށްފި ނަމަ އޭނާގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިސްކޮށް ހަރަކާތްތެރިވުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްލާމްއާބާދުގައި އެލީޓް ކޮމާންޑޯއާއި އެންޓި ޓެރަރިޒަމް ސްކޮޑް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 4،000 ސެކިއުރިޓީ އޮފިޝަލުން ވަނީ ހަރަކާތްތެރިވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *