logo minivan

English

ބުދަ, 24 ޖުލައި 2024

އެޗްއެސްބީސީގެ ބޭނުންނުކުރާ އެކައުންޓްތަކުގައި ހުރި ފައިސާ އެމްއެމްއޭއާ ހަވާލުކުރަނީ

އެޗްއެސްބީސީގެ ބޭނުންނުކުރާ އެކައުންޓްތަކުގައި ހުރި ފައިސާ އެމްއެމްއޭއާ ހަވާލުކުރަން އިއުލާން ކޮށްފި އެވެ.

އެބޭންކުން ބުނީ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ގާނޫނު ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެބޭންކުގެ އެކައުންޓަކުން އެއްވެސް އުއާމަލާތެއް ނުކޮށް ބޭންކައް ލިޔުމުން އަންގާފައިނުވާ ފަސް އަހަރުދުވަސް ވެފައިވާ އެކައުންޓަކީ "ޑޯމަންޓް އެކައުންޓް"(ބޭނުން ނުކުރާ އެކައުންޓް) އެއްގެ ގޮތުގައި ބެލެވޭނެކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ބޭމްކިން އާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ބޭނުން ނުކުރާ އެކައުންޓް އެއް އެ ބެންކުގެ މާލޭ ބްރާންޗްގައި އޮތް ކަސްޓަމަރެއް ކަމުގައި ވާނަމަ އެފަރާތަކުން އެބޭންކަށް ގުޅުއްވަން އެދޭކަމަށެވެ. އަދި އެފަރާތްތަކަށް އެކައުންޓުގެ ތަފުސީލު އެންމެ ފަހުން އެބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން ފޮނުވާފައިވާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. .

އެޗްއެސްބީސީން ބުނީ ޑޯމަންޓް އެކައުންޓް ތަކުގެ މައުލޫމާތު ޝާއިއު ކުރާތާ 60 ދުވަސް ތެރޭ އެކައުންޓް ތަކުގައި ހުރި ފައިސާއާ ހަވާލު ނުވެއްޖެ ނަމަ، އެފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ގާނޫނު ގައިވާ ގޮތުގެ މަތީން ފޮނުވާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *